ކުރިއަށް އޮތް ދައުރުގައި ވެރިކަން ކުރަން އެންމެ ރަނގަޅީ ގާސިމް: ނިހާން

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ގެންނަން އެންމެ އެކަށީގެންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީޕާޓީއާ އަލަށް މެންބަރުންތަކެއް ގުޅިގެން އެކަން ފާހަގަކުރުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ގާސިމް އިބްރާހިމަކީ ދެވަނަ ޖުމްހޫރިއްޔޭގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ފަދަ ހިދުމަތްތެރިއެއް ކަމަށެވެ.
"އެންމެންނަށް ޔަގީންވާންވީ އެމަނިކުފާނު (ގާސިމް އިބްރާހިމް) ގެ ވެރިކަމުގަ އޯގާތެރިކަމާ އަޅާލުމާ ރައްކާތެރިކަން އަޅާލުމާ ލިބޭނީ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ދިވެހި ތާރީހުން ފެންނަން އޮތް ހަގީގަތަކީ ސަރުކާރަށް ފާޑުކިޔާ މީހުން ކޮންމެވެސް ގޮތަކުން ޖަލަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން ގާސިމް އިބްރާހިމަކީ ހަ ފަހަރު މިފަދަ މައްސަލަތަކެއްގައި ޖަލަށް ދާންޖެހިފައިވާ ބޭފުޅެއްކަމަށެވެ.
"ﷲ އިރާދަ ކުރެއްވިއްޔާ ދެން އަންނަން އޮތް ވެރިކަމެއްގައި ރައްޔިތުންނާ މެދުގައި އެންމެ ބޮޑު ސަމާލުކަމަކާ އޯގާތެރިކަމެއް އެ ވިސްނުމެއްގަ ފިކުރުގަ ހުރި ޕާޓީއަކަށް ވެގެން ދާނެ ޕާޓީއަކީ ޖުމްހޫރީ ޕާޓީ. އަދި އެ ޕާޓީގެ ލީޑަރުގެ ވިސްނުންފުޅުގަ ނުހުންނާނެ މިއިން އެއްވެސް ބޭފުޅަކާ މެދުގާ ނުކަސިޔާރުން ކުރައްވާކަށް،"
ނިހާން ވިދާޅުވީ އޭނާއަކީ އިދިކޮޅުގައި ހުންނަވައިގެން ވަރަށްބޮޑަށް ގާސިމް އިބްރާހިމަށް ފާޑުކީ މީހުންކަމަށެވެ. އެހެން ނަމަވެސް ނިހާނު ފަދަ ބޭފުޅުންނަށް ޖުމްހޫރީ ޕާޓީން ފުރުސަތު ދީފައި އޮތުމުން ގާސިމް އިބްރާހިމް އަކީ ސާފު ހިތެއްގެ ވެރިއެއްކަން ހާމަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ