ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މަޤާމުން ވަކިކުރުމަށް ފާސްކޮށްފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކަމުގެ މަޤާމުގައި ހުންނެވި އަލއުސްތާޛު ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ފަޑިޔާރު ޢަބްދުލްޣނީ މުހައްމަދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައަކާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު، މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ ނިންމުމަށް، މަޖުލިހަށް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކޮމެޓީގައި ބައިވެރިވި 7 މެމްބަރުންގެ އިންތިފާގުން ނިންމާފައިވަނީ ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމަށް ޖޭއޭސްސީން ނިންމާފައިވަނީ އިޖުރާއަތްތައް އެއްގޮތަށްކަށެވެ. މިއަދުގެ ޖަލްސާގައި ފަނޑިޔާރު ޣަނީ، މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް 64 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ޤަނީ މަޤާމުން ވަކިކުރަން ނުފެންނަ ކަމަށް 2 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދަކީ މަދަނީ ކޯޓާއި ހައިކޯޓާއި ސްޕްރީމް ކޯޓްގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ފަނޑިޔާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ