ތ. ކަނޑޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމާ ބެހޭ ގޮތުން އެ ރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ކަނޑޫދޫއަށް ދިމާވެފައިވާ އެކި މައްސަލަތަކާއި، ވަކިން ހާއްސަކޮށް ކަރަންޓު ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ކަނޑޫދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށް ވާއިރު، ދަނޑުވެރިންގެ ބައެއް ކަންބޮޑުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައި ވެއެވެ.
އޭގެ އިތުރުން ކަނޑޫދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ތަފްސީލް ވެސް ނައިބު ރައީސަށް ދެއްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކައިގައި، ކަނޑޫދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ލިބޭ އިތުރު ހިތްވަރެއްކަން ފާހަގަކުރައްވާ، ކައުންސިލްތަކުން އިތުރަށް ޒިންމާދާރުވާން ކުރެވެން ހުރި މަސައްކަތްތައް ފާހަގަކުރައްވާ، އެކަންކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އެދިވަޑައިގެންނެވި އެވެ.
ކަނޑޫދޫގެ ކަރަންޓު މައްސަލައާ ބެހޭ ގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ