ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ ވަގުތު މިއަދުގެ 16.00 އާ ހަމައަށް އިތުރުކޮށްފިއެވެ. ސްޕްރީމް ކޯޓްގައި މިވަގުތު ފަނޑިޔާރު ކަމުގެ 3 މަޤާމު ހުސްވެފައި އެވައޮތެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން އިން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ 21 ވަނަ ދުވަހު ކުރި އިޢުލާނުގައިވާ ގޮތުން އެމަޤާމުތަކަށް އެދެމުގެ އެންމެ ފަހު ގަނޑިއަކީ މިއަދުގެ މެންދުރު 12:00 އެވެ.
ސުޕްރީމްކޯޓުން ހުސްވެފައިވަނީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރުކަމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިވުމުންނާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ރިޓަޔާކުރެއްވުމާ ގުޅިގެން ހުސްވެފައިވާ 3 މަޤާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ