މަގޫދޫގެ ރޯދަ ހަދިޔާ: 20 ކާއްޓާއި ކަރަންޓް ބިލުގެ 50 ޕަސެންޓް

ރޯދަމަހާ ދިމާކޮށް، އެކިއެކި ކައުންސިލްތަކުން ރޯދަ ހަދިޔާ ދެމުންދާ އިރު، ފ. މަގޫދޫގެ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީންވެސް ވަނީ ރޯދަ ހަދިޔާ ދޭން ނިންމާފައެވެ. މަގޫދޫގެ ކައުންސިލުން އެރަށު ކޮންމެ ގޭބިސީއަކުންވެސް އޭޕްރީލް މަހުގެ ކަރަންޓް ބިލްގެ 50 ޕަސެންޓް ދައްކައިދެން ނިންމާފައިވާ އިރު، އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ނިންމީ ކޮންމެ ގެއަކަށް 20 ކާށި ދޭށެވެ.
މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހޫރު ވިދާޅުވީ މަގޫދޫގައި ކާށި ހޮވުމަކީ ތަފާތު ގޮތަކަށް އޮންނަ ކަމެއް ކަމަށާއި، ރޯދައަށް އަބަދުވެސް ކާށި ބެހުން އޮންނާނެ ކަމަށެވެ. އެގޮތުން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އަބަދުވެސް ކާށި ހޮވަން ދިޔުމަށް މުޅި ރަށުގެ އެންމެންނަށް ގޮވާލާނެ ކަމަށާއި، އެ ދުވަހު ކާށި ހޮވަންދާ ކޮންމެ މީހަކަށްވެސް 30 ކާށި ދޭނެ ކަމަށެވެ. ދެން ރޯދައާ ދިމާކޮށް ނިންމީ ކޮންމެ ގެއަކަށް އިތުރު 20 ކާށި ދިނުމަށް ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.
ރޯދައާ ދިމާކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ ކައުންސިލްތަކުން ދަނީ ރައްޔިތުންނަށް ރޯދަ ހަދިޔާ ދެމުންނެވެ. އެގޮތުން ކަރަންޓް ބިލްގެ ވަކި ބައެއް ދައްކައިދިނުމުގެ އިތުރުން ރޯދައަށް ބޭނުންވާ ހާއްސަ ސާމާނު ކަމަށްވާ ފިޔާ، ބިސް ގަދަ ސާމާނު ގޭގެއަށް ހިލޭ ބެހުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ