ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފިއެވެ.
ފަނޑިޔާރު ދީދީ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ މައްސަލައެއް ފުލުހުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުން ގެންދަނިކޮށެވެ.
ފަނޑިޔާރު ދީދީގެ މައްސަލައެއް ފުލުހުން ތަޙްޤީޤު ނުކުރާ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ފުލުހުން އެމަނިކުފާނަށް އެނގި ނަމަވެސް ފުލުހުން އޭގެ ފަހުން ޖޭއެސްސީއަށް ފޮނުވާފައިވާ ސިޓީއެއްގައި ފަނޑިޔާރު ދީދީގެ މައްސަަލަތަކެއް ތަޙްޤީޤު ކުރާކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިހާތަނަށް ފަނޑިޔާރު ދީދީ އާއި އެއްވެސް މައްސަލައެއްގައި ފުލުހުން ސުވާލުކޮށްފައެއް ނުވެއެވެ.
ފަނޑިޔާރު ދީދީގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ އާދަމް އާސިފް ވިދާޅުވީ ފަނޑިޔާރު ދީދީގެ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރާކަން އަންގާފައި ނެތްކަމަށާއި، އަދި އެމަނިކުފާނު ރާއްޖެ އިން ބޭރަށް ފުރުން ވެސް އެއްވެސް ފަރާތަކުން މަނާކޮށްފައި ވެސް ނެތް ކަމަށެވެ.
ފަނޑިޔާރު ދީދީގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ވެސް ހަމަޖެހިފައިވާ ދަތުރުފުޅެއްގައި ފަނޑިޔާރު ދީދީ މިރޭ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތީ ޖޭއެސްސީގެ ހުއްދަ އާއި އެކުގައި ކަމަށެވެ. ފަނޑިޔާރު ދީދީ އެނބުރި ވަޑައިގަންނަވާނެ ތާރީޚް ޖޭއެސްސީ އަށް އެނގޭނެ ކަމަށް ވެސް އާދަމް ޝަމީމް ވިދާޅުވިއެވެ.
ފަނޑިޔާރު ދީދީގެ އާއިލާ ކުރިން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެ އިން ބޭރުގައެވެ.
(ތަފްސީލް އަންނަނީ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ