ރަށު މީހާއަށް ވުމުން އާއިލާ މީހާއަށް ވުމުން ވޯޓު ދޭކަށް ނުޖެހޭ- ރައީސް ނަޝީދު

ރަށު މީހާއަށް ވުމުން ނުވަތަ އާއިލާ މީހާއަށް ވުމުން ވޯޓު ދޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އަލިފުށި ދާއިރާގެ މަޖިލިސް މެންބަރުކަމަށް ވާދަކުރައްވާ ހުސައިން ރަޝީދު ހުސައިންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށު މީހަކު މަޖިލީހަށް ކުރިމަތިލާފައިވީ ނަމަވެސް، ރަށު މީހާއަށް ވޯޓް ދޭން ނުޖެހޭކަމަށާއި ބައެއް ކެންޑިޑޭޓުން ގެންދަވަނީ “ރަށު މީހާ ރަށަށް” “ދާއިރާގެ ދަރި ދާއިރާއަށް” ފަދަ ޝިއާރުތަށް ބޭނުންކޮށްގެން މަޖިލިސް ކެމްޕޭން ކުރައްވަމުންކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ