ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އަދި އެ އިސްލާހުގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވާފައެވެ.
ސުޕްރީމްކޯތުގެ ބެންޗްގައި ކުރިންވެސް ހަތް މެންބަރުން ތިއްބަވާއިރު، އެންމެފަހުން 14 ގައި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަކުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު 5 ދަށްކޮށްފައި ވަނީ ނިމިދިއަ ސަރުކާރުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
ފަނޑިޔާރުންގެ ބެންޗު ކުރިންއޮތް އަދަދަށް އިތުރުކުރަން އަލީ އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އަދި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވަނީ 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ. އެހެންކަމުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުރިން އޮތް އަަދަށް އިތުރުކުރަން ހުށަހަޅުއްވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ގާނޫނަށް ގެނައި އިސްލާހުގެނެސް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރުމުން، އެ ކޯޓުގައި ދާއިމީ ބެންޗުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ