މެމްބަރު އަހުމަދު ރަޝީދުގެ ބައްޕަ ނިޔާވެއްޖެ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ބައްޕަ، ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
ހޯރަފުށީ ދާއިރާގެ މެންބަރުގެ ބައްޕަ، ހއ.ހޯރަފުށީ ފޮރިންގވިލާ ހަސަން ހުސައިން، ރޭ ދަންވަރުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން އެ މަރުޙޫމްގެ އާއިލާއަށް އެމްޑީޕީން ވަނީ ތައުޒިޔާ ކިޔާފައެވެ.
އެޕާޓީން ބުނީ މަރުހޫމްގެ މޫނުދެއްކުން އޮންނާނީ މިއަދު ހެނދުނު 10 ން ފެށިގެން އާ ސަހަރާގައި ކަމަށާއި ކަށުނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގައި ކަމަށެވެ.
"މަރުޙޫމް ހަސަން ހުސައިންގެ ފުރާނައަށް މާތްﷲ ރަޙްމަތްލައްވައި، އެ މާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ