ސަރުކާރު ހިންގާ ޕާޓީގެ ސަޕޯޓަރުންތަކެއް މިއަދު ހަވީރު ސުޕްރީމް ކޯޓްދޮށަށް އެއްވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާއަށް ގޮވައިފިއެވެ.
ރައީސް ޔާމީނަށް ތައީދުކުރާ މަދު ބަޔަކު އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް މިއަދު ގޮވާ ސުޕްރީމް ކޯޓްދޮށަށް އެއްވެ އަޑު ގަދަކުރިއިރު، އެސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެކެވެ.
ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ކޯޑިނޭޓަރުންވެސް ހިމެނޭގޮތަށް ބޭއްވި އެ އެއްވުމުގެ ބައިވެރި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ރިޝްވަތު ނަގާކަމަށް ބުނެ އަޑު އުފުލާފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމްތައް ބަލައި ނުގަންނަ ކަމަށްވެސް ޕީޕީއެމްގެ ސަޕޯޓަރުންވަނީ ގޮވާފައެވެ.
މިއަދު ހަވީރު 5:00 ހާއިރު ސުޕްރީމް ކޯތްދޮށަށް އެއްވި މީހުން އެސަރަހައްދުން ފޮނުވާލި ފުލުހުންނެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާއިރު، މިއަމުރު ވަގުތުން ތަންފީޒް ކުރުމަށް އިދިކޮޅު ސިޔާސި ލީޑަރުންގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ސަރުކާރަށް ވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވުމަށް އެމެރިކާގެ އިތުރުން އެހެން ގައުމުތަކުންވެސް އަންނަނީ ގޮވާލަމުންނެވެ. އަދި ޗައިނާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް އައުން ރައްކާތެރިނޫންކަމަށް ބުނެފައެވެ.
ޕީޕީއެމްގެ ސަޕޯޓަރުން ސުޕްރީމް ކޯޓްދޮށުގައި އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ގޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ