މެމްބަރު ސިނާނު ކޯޓުން ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ހާޒިރުކުރުމުން ކްރިމިނަލް ކޯޓަށް އޭނާ ދޫކޮށްލައިފިއެވެ.
ފުލުހުން، ސިނާން ހައްޔަރުކޮށްފައިވަނީ އިއްޔެ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުގެ ތެރެއިންނެވެ.
ސިނާންއާއެކު މެންބަރު އިލްހާމް އަހުމަދުވެސް ހައްޔަރުކުރިއެވެ. ފުލުހުން އިއްޔެ ބުނީ ސިނާން އާއި އިލްހާމް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިލްހާމް އާއި ސިނާން އިއްޔެ ހައްޔަރުކުރިއިރު އެ ދެ ބޭފުޅުން ހޯދަން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
އެ ދެ ބޭފުޅުން ހޯދަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތާއި ގުޅިގެންނެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވާން ފުލުހުން ވަނީ އަންގާ އިއުލާނުިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ