ތ ގުރައިދޫއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވެ ރޯދަމަހާއި ކުރިމަތިލާން ޖެހޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެރަށުގައި އިއްޔެފެށި މުޒާހަރާ މިއަދުވެސް ކުރިއަށް ގެންގޮސްފިއެވެ.
ގުރައިދޫން ވާހަކަ ދެއްކި މީހަކުބުނީ އިއްޔެ އެރަށުގައި މުޒާހަރާ ކޮށްފައިވާއިރު އެކަމާއި ގުޅިގެން ފެނަކައިން އަދިވެސް އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމުގައެވެ. އެހެން ކަމުން ކަރަންޓް މައްސަލަ ހައްލުވަންދެން މުޒާހަރާ ކުރުމަށް ނިންމާފައިވާކަމަށާއި މިއަދުވެސް ގިނަ ބަޔަކު މުޒާހަރާއަށް ނިކުމެފައިވާކަމަށް ގުރައިދޫން ވާހަކަ ދެއްކި މީހާ މައުލޫމާތު ދިނެވެ.
ރަށުގެ ރައްޔިތުންގެ ތެރެއިން ދެ ޖިންސްގެ މީހުން އިއްޔެއާއި މިއަދުގެ މުޒާހަރާގައި ބައިވެރިވި އިރު މުޒާހަރާގައިވަނީ ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ހޯދައި ދިނުނަށް ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތިރުން އިރުއިރުކޮޅާއި ކަރަންޓް ކެނޑޭތީ އިލެކްޓްރިލް ސާމާނަށް ބޮޑެތި ގެއްލުން ވަމުން ދާކަމަށްބުނެ އެކަމާއިވެސް ގުރައިދޫ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރައިދޫއަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ ތިން މަހަށްވުރެ ގިނަ ދުވަސް މިހާރުވަނީ ބުނެފައެވެ.
ކަރަންޓް މައްސަލާގައި މުޒާހަރާކުރި މީހުން ގިނަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ބޭނުންކުރި އިރު އޭގެ ތެރެއިން ބައެް ބޯޑްތަކުގައި ވާގޮތުން ރަށުގެ ރައްޔިތުން އަމިއްލައަށް ކަރަންޓްގެ ހިދުމަތް ރަށަށް ދިން އިރުވެސް މިހާރަށް ވުރެ ރަނގަޅު ކަމަށް ބުނެފައި ވެއެވެ. އަދި މިކަން ކޮޅެއްގައި ނުޖެހެނީހެން ގެއަށް ނުވަންނާނެ ކަމަށްވެސް އެމީހުން ބުނެއެވެ.
ކަރަންޓް މައްސަލާގައި މިއަދުވެސް ގުރައިދޫގައި މުޒާހަރާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ