ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެ - މެޓް

ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ރާއްޖޭގެ މޫސުން އާއްމުގޮތުގައި ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
"ވަގުތު" އާއި ވާހަކަދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް ދެ ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައި ޖެހެމުން ދަނީ ތިން މޭލާއި 13 މޭލާއި ދެތެރޭގައި ކަމަށާއި، އެހެންކަމުން ވައިވެސް ގަދަ ނޫންކަމަށާއި، އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، މިއަދު ރޭއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބޮޑަށް ވިއްސާރާގެ އަސަރު ކުރަމުން ދަނީ މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރާގައި ގެއްލުންތަކެއްވެސް ދަނީ ލިބެމުންނެވެ. އެގޮތުން ރަށު ތެރޭގައި ފެން ބޮޑުވުމާއި، ބައެއް ގެތަކަށް ފެންވަނުން ފަދަ ކަންތައްތައް ދަނީ ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ