ކުރިއަށް އޮތް 2018 ވަނަ އަހަރުގެ މުޅި އަމާޒަކީ އެއް ކެންޑިޑޭޓަކު ނެރެ ރައީސް އަބްދުﷲ ޔާމީން ބަލި ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ފެށޭ 2018 ވަނަ އަހަރުގެ ތަހުނިޔާއާއެކު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ 2018 އަކީ ވިސްނުންތެރިކަމާ ހިކުމަތްތެރިކަން އިސްކުރަންވީ އަހަރެއް ކަމަށެވެ. "އަޅުގަނޑުގެ މުޅި އަމާޒަކީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެ، ރައީސް ޔާމީން ބަލިކޮށް، ދިވެހިންނަށް ދިވެހި ރާއްޖެ އަނބުރާ ހޯދާ ދިނުން،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. 2018 vana aharah Marhabaa! Mi aharakee visnuntheri kamaa, hikumaiy therikan amdhun iskuraan vee aharu. Alhugandu ge mulhi amaazakee mi aharuge riyaasee inthikhaabah eh candidate nere, Raees Yameen balikoh, Dhivehi Raajje anehkaaves Dhivehinah hoadhaa dhinun.— Mohamed Nasheed (@MohamedNasheed) December 31, 2017
އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރަމުންދާ އިރު ރައީސް ނަޝީދުވަނީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.
އެމްޑީޕީން މިއަދު ބުނި ގޮތުގައި މާޗު މަހު އެޕާޓީގެ ޕްރައިމަރީ ބާއްވާ ކެންޡޑިޑޭޢޓާއެކު މެއި މަހުގެ ތެރޭގައި ކެމްޕޭން ރަސްމީކޮށް ފަށާނެއެވެ. އަދި ކޯލިޝަނުގެ ކެންޑިޑޭޓަކީ އެމްޑީޕީއަށް ހެދުމަށް އެޕާޓީން މަސައްކަތް ކުރާނެއެވެ.
"2018 ގެ މުޅި އަމާޒަކީ ޔާމީން ބަލިކޮށް، ރާއްޖެ އަނބުރާ ހޯދާ ދިނުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ