މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭން ބޭނުންކުރާ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި

މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ގައި ރޭ ފަތިހު އަލިފާން ރޯކޮށްލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގައި ރޭ ފަތިހު އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ފަތިހު 04:30 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.
މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ.
މި ޑިސްޓިރިބިއުޝަން ފޮށީގައި ރޯވެފައިވާ އަލިފާން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ނިއްވާލާފައި ވަނީ ފަތިހު 04:40 ހާއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސްޓޭޝަންގެ އެޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
މިހާތަނަށް ބެލި ބެލުމުން، މިހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މިހާދިސާ މިހާރު ފުލުހުން ދަނީ ތަޙުޤީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ