ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމަށް ގާސިމް ގޮވާލައްވައިފި

ޤައުމު މިހާރު މި އޮތް ހާލަތުން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން އަދި ޖުޑިޝަރީން ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްފައިފިއެވެ.
ރިޝްވަތުގެ ހުކުމަށްފަހު ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުގައި ހުންނެވި ގާސިމް މިކަމަށް ގޮވާލެއްވީ މިހާރު ކުނޫޒުގައި ކުރިއަށްދާ އިދިކޮޅު ޖަލްސާއަށް ފޮނުއްވި މެސެޖެއްގައެވެ. މިރޭނެ ޖަލްސާއަކީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ޖަލަށް ލެވުނު ފަހުން 1000 ދުވަސް ވުމާއި ގުޅިގެން ބާއްވާ ޖަލްސާއެކެވެ.
ގާސިން ވިދާޅުވީ މިހާ އަނިޔާވެރި ދުވަސްތަކެއް މިހާއަނިޔާވެރި ސަރުކާރެއް ދިވެހި ތާރީހުގައި ދުވަހަކުވެސް ފެނިގެން ގޮސްފައި ނުވާ ކަމުގައެވެ.
މި އަނިޔާވެރިކަމުން ސަލާމަތްވެ، ޤައުމު މިހާލަތުން މިންޖުކުރުމަށް ޤާނޫނު ތަންފީޒް ކުރާ ފަރާތްތަކުން ވަކިފަރާތަކަށް ނުޖެހި ތައްސުބުން އެއްކިބާވެ މަސައްކަތް ކުރަން ޖެހޭކަމަށް ޤާސިމްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ