ކަރުނަ ގޭހާއި މުގުރުން ދެނެއް ރައްޔިތުން މައިތިރި ނުކުރެވޭނެ: އަމީން އިބްރާހީމް

ކަރުނަ ގޭހާއި މުގުރުން ދެން ރައްޔިތުން މައިތިރި ނުކުރެވޭނެކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ރޭގަި ކުރެއްވި ޓްވީޓެއްގައެވެ.
އަމީން އިބްރާހީމްގެ އެޓްވީޓުގައި ވިދާޅުވީ ރައްޔިތުން ލައްކަ ކެތް ކޮށްފި ކަމަށާއި ނަމަވެސް ކަރުނަގޭހާއި މުގުރުން ދެން ދިވެހިރައްޔިތުން މައިތިރިއެއް ނުވާނެކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ އަނިޔާ ކުރެއވިދާނެ ކަމަށާއި އަދި ހައްޔަރުވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަގުތަކުން ބިރު ފަހަނަޅާގޮސް ރައްޔިތުން ހިންދެމިލާނެކަން ރައީސް ޔާމީނަށް ވިސްނިވަޑައި ނުގެންނެވޭ ކަމީ އެމަނިކުފާނުގެ އުނިކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
"އަނިޔާ ކުރެވިދާނެ, ހައްޔަރުވެސް ކުރެވިދާނެ, އެކަމަކު ކަރުނަ ގޭހާއި މުގުރުން ދެން ރައްޔިތުން މައިތިރި ނުކުރެވޭނެ, ރައްޔިތުން ލައްކަ ކެތްކޮށްފި. ކޮންމެވެސް ވަގުތަކުން ބިރު ފަހަނަޅާގޮސް ރައްޔިތުން ހިންދެމިލާނެކަން ވިސްނިވަޑައި ނުގެންނެވޭ ކަމީ އެމަނިކުފާނުގެ އުނިކަން"
އަމީން އިބްރާހީމަކީވެސް ސަރުކާރާ އެއްފަރާތްވުމާއެކު އަނިޔާތަކެއް ލިބި އަމިއްލަޔަށް އިންގިރޭސިވިލާތަށް އަރުވާލެވިގެން އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ