ދޮށީ އުމުރުގެ މީހުންގެ އިލްމާ ތަޖުރީބާ ހޯދާ ހިއްސާ ކުރެވޭނެ ފުރުސަތުތައް ހޯދައިދޭން ޖެހޭ- ޖެންޑަރ މިނިސްޓަރ

ދޮށީ އުމުރުގެ މީހުންގެ އިލްމާ ތަޖުރީބާ ހޯދާ ހިއްސާ ކުރެވޭނެ ފުރުސަތުތައް މިއަދުގެ ޒުވާނުންނަށް ހޯދައިދޭން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.ބައިނަލްއަގުވާމީ އުމުރުން ދުވަސް މީހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު. މިއަހަރުގެ އުމުރުން ދުވަސް ވީ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މުޖްތަމައުގައި އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާ އާއި އެމީހުންގެ ހުނަރު ހޯދާ ހިދުމަތްތަކުގައި އެމީހުންގެ ބޭނުން ހިފުމެވެ.އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑާ މިނިސްޓްރީއިން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ދޮށީ އުމުރުގެ މީހުންގެ އިލްމާ ތަޖުރީބާ ހޯދާ ހިއްސާ ކުރެވޭނެ ފުރުސަތުތައް މިއަދުގެ ޒުވާނުންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ދޮށީ އުމުރުގެ މީހުންނަށް އުފާވެރިކަމާޢި އެކު ދިރިއުޅުވޭނެ މާހައުލެއް ގާއިމްކުރުމަށް މުޅި މުޖްތަމައު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިދުވަހާއި ގުޅިގެން އިފްތިތާހް ކުރި ޤައުމީ ސިޔާސަތައް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ ސިޔާސަތެއް އެކުލަވާލުމަކީ މި ދާއިރާއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.-އިތުރަށް ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވަނީ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނުގެ ސަރުކާރުން އުމުރުން ދުވަސް މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވަނީ ދޮށި އުމުރުގެ މީހުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް އެކުލަވާލާފައިވާ ޤައުމީ ސިޔާސަތު އެކުލަވާލުމުގައި އެހީތެރިވެދެއްވި ފަރާތްތަކައް ޝުކުރު އަދާ ކުރައްވާފައެވެ. މި ރަސްމީޔާތުގައި ޖެންޑާ މިނިސްޓްރީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރީއާއި ދެމެދު ހާއްސަ ފަހްމަނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. 
މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން
ލަޔާލް މަނިކް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ