ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާ ގެނައުމާއި ފުލުހުންގެ ތެރޭގައި ޓެރަރިސްޓުން ތިބި ކަމަށް ބުނެ އެބާވަތުގެ ވާހަކަ ދެން ނުދެއްކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖަރުމަނު ވިލާތުގައި ހުންނަވާ ފޯނުން ވީޓީވީއަށް ދެއްވި އިންޓަވިއުއްގައެވެ.
ގާސިމް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންގެ ތެރޭގައި ޓެރަރިސްޓުން ތިބިކަމަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައެވެ. އަދި އެއީ ހަގީގަތެއް ނޫންކަމަށާއި ފުލުހުންނާއި ސިފައިންގެ ތެރޭގައި ޓެރަރިސްޓުން ނުތިބޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެބާވަތުގެ ވާހަކަތަކަކީ ޤައުމުގެ މުއައްސަސާތަކުގެ އިތިބާރުގެއްލި މުއައްސަސާތަކުގެ ޤަދަރު ކެނޑިގެންދާނެ ކަމެއް ކަމުގައެވެ.
މީގެ އިތުރުން އިންޑިއާ އަސްކަރިއްޔާ ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ހެޔޮ ނިޔަތެއްގައި ކަމުގައި ވީނަމަވެސް، އެއީ އެންގޮތަކަށްވެސް ރަނގަޅުކަމެއް ނޫންކަމަށާއި އެވާހަކަތައްވެސް ކުށްވެރި ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުން ޤާނޫނާއި ހިލާފު އަމަލު ކުރާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ފުލުހުން ނާއި ސިފައިން މިއަދު އަމަލު ކުރަމުން އެގެންދަނީ އަންނަ ކޮމާންޑަށް ކަމުގައެވެ.
ތިބާވަތުގެ ވާހަކަ ނުދައްކަވަން ރައީސް ނަޝީދަށް އިންޒާރު ކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ