ކިނބިދޫ ކަރަންޓު ވިއުގައަށް ގެއްލުންލިބި، ރަށުގެ އެއްފަޅި ކަނުއަނދިރީގައި

ތ. ކިނބިދޫގެ ކަރަންޓު ވިއުގައަށް ގެއްލުންތަކެއް ލިބުމުގެ ސަބަބުން، އެ ރަށުގެ ބައެއް ގެތަކުން ކަރަންޓުކެނޑިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށުގެ ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވީ އެ ރަށުގެ އިންޖީނުގެއިން ފެށިގެން ފޮށިތަކަށް އަޅާފައިވާ މައި ކޭބަލްތަކުގެ ތެރެއިން ބައެއް ކޭބަލްތައް އަނދައި ވިރުމުގެ ސަބަބުންނެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ