ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދި ޕާޓީ ދެބައި ވެފައiވާ މިދަނޑިވަޅުގައި ގައުމީ މަސްމަލަތައްޓަކައި، އެޕާޓީގެ ރައީސް މައުމޫން އާއިކު އެއް ޕްލެޓްފޯމެއް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) ގެ ފަރާތުން އެމްޑީޕީ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާޒް ވިދާޅުވީ، ޕީޕީއެމް ދެބައިވެފައިވާ މިދަޑިވަޅުގައި އެ ޕާޓީގެ ރައީސް މައުމޫން އެމްއޯޔޫ ގައި ހިމެނޭ ޑރ.ޖަމީލު އާއިލާއަަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާކަމަށެވެ.
މައުމޫން ދާދިފަހުން ބައްދަލުކުރައްވާފައި ވަނީ މިސަރުކާރުގެ ޔޫތް މިނިސްޓަރ މަލީހް ޖަމާލް އާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީން އާއެވެ.
ޝިފާޒް ވިދާޅުވީ ގައުމީ މަސްލަހަތު ކުރިއަށް ނެރެ، ރާއްޖެ އަށް އަލި މަގެއް ހޯދައިދިނުމަށް ހުރިހާ ޕާޓީތައް މިއަދު ތިބީ އެއް ޕްލެޓް ފޯމެއްގައިކަމަށާއި، އެހެންކަމަުން ވަކިވަކިން އެ މަސައްކަތް ކުރުމުގެ ބަދަލުގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުން މާ ރަނގަޅުވޭނެކަމަށެވެ.
"އެއް ޑައިލޯގެއް ނުވަތަ ނޫނީ އެއް ވާހަކައެއް ދެއްކޭނަމަ އެއް ޕްލެޓްފޯމެއްފައި މަސައްކަތް ނުކުރެވެން ވީ ސަބަބެއް ނެތް". ޝިފާޒް ވިދާޅުވިއެވެ.
ރައީސް މައުމޫނު ވަނީ އެމްޑީޕީ ފިޔަވައި އެހެން ހުރހާ ޕާޓީތަކާއި ބައްދަލުކުރުމަށް ނިންމާފައެވެ. އަދާލަތު ޕާޓިގެ ފަރާތުން ވާހަކަދައްކަވަމުން ޝިދާތާ ޝަރީފް ވިދާޅުވި ރައީސް މައުމޫން އެ ޕާޓީ އާއި ބައްދަލުކުރުަމަށް ރަސްމީކޮށް ސިޓިއަކުން އެދިފައިވާކަމަށާއި، ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އެ މަނިކުފާނާއެކު މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ރައީސް މައުމޫން އާއިކެ ޕްލެޓްފޯމްގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް އެމްޑީޕީ އިން ބުނެފައިވާއިރު، ރައީސް ޔާމީން ރޭ ވިދާޅުވެފައި ވަނީ "ސިޔާސީ ވާހަކަދައްކާކަށް ހަމަޖެހުން ގެންނާކަށް ގައުމު އިސްލާހުކުރުމަށް އެ ޕާޓީ (އެމްޑީޕީ) ވާހަކަދައްކާކަށް ފަސޭހައެއް ނުވާނެ" ކަމަށެވެ.
ރައީސް މައުމޫން އާއެކު އެއް ޕްލެޓްފޯމެއްގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް - ޝިފާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ