އެއާޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަރަންޓު ކެނޑުމަށްފަހު އެ މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ލިބެމުންދާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ މިއަދު ހެނދުނު 11:30 ހާއިރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑިގެން ދިޔަ ކަމަށެވެ. އެކަމަކު 15 މިނެޓްގެ ތެރޭގައި އެއާޕޯޓްގެ ޑޮމެސްޓިކް ސަރަހައްދަށް ކަރަންޓު ލިބިފައިވާއިރު، މިހާރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބިފައިވާ ކަމަށެވެ.
"އެއާޕޯޓުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑިގެން ދިޔަ، ކަރަންޓު ކެނޑުނީ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ހެދި، އެކަމަކު ކަރަންޓު ކެނޑިފައިވަނީ ވިއްސަކަށް މިނެޓަށް، މިހާރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭ، މައްސަލަ ހައްލުކޮށްފައި ވަނީ،" ހަސަން އަރީފު ވިދާޅުވި އެވެ.
ވެލާނާ އެއާޕޯޓުން މިއަދު ވިއްސަކަމަށް މިނެޓަށް ކަރަންޓު ދިޔައިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ އެއާޕޯޓުގެ ރަންވޭ ކުއްލި ގޮތަކަށް ސާފު ކުރަން ޖެހުމުން ދެ ފަހަރެއްގެ މަތިން ބަންދު ކޮށްފަ އެވެ. އެއާއެކު ގިނަ އަދަދެއްގެ ފްލައިޓް ޑިލޭވެގެން ގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ