މޫސުން ގޯސްވެ 2 ބޯޓެއް ފަރަށް އަރައިފި

މޫސުން ގޯސް ދެ ބޯޓެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ދެ ބޯޓުވެސް ފަރަށް އަރާފައިވަނީ މޫސުން ގޯސްވެ ނަގިލި ކަނޑައިގެން ގޮސްގެން ކަމަށެވެ.
އެގޮތެއް އެއް ބޯޓު 09:52 ހާއިރު ފޭދޫފިނޮޅު ފަރުމައްޗަށް އަރާފައިވާއިރު އޭގައި ތިބީ އިިންޑޮނޭޝިއާއަށް ނިސްބަތްވާ 9 ފަޅުވެރިންކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަނެއް ބޯޓު އަރާފައިވަނީ ވިލިނގިލީ ފަރުމައްޗަށް ކަމަށާއި، އެބޯޓަކީ ތެޔޮ އުފުލާ ބޯޓެއް ކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ. އަދި އެ ބޯޓުގައި ލަންކާގެ ރައްޔިތަކާއި ބަންގްލަދޭޝްގެ ދެ މީހުން ތިބި ކަމަށް އެމްއެމްޑީއެފުން ބުނެފައިވެއެވެ. މި ބޯޑު މިހާރު ފުން ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ