ޖަރުމަނުގައި ފެންބޮޑުވުމުގެ ސަބަބުން 103 މީހުން މަރުވެ 1300 މީހުން ގެއްލިއްޖެ

ބާލިން (ޖުލައި 17): ޔޫރަޕްގެ އުތުރަށާއި މެދުތެރެއަށް މިދިޔަ ހަފްތާގައި ކުރި ގަދަ ވިއްސާރާގައި ޖަރުމަނުގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން 103 މީހުން މަރުވެ 1300 މީހުން ގެއްލިއްޖެއެވެ. ގެދޮރާއި މަގުތައް ހަލާކުވެ ކަރަންޓާއި ފެނާއި ފޯނާއި އިންޓަނެޓް ޚިދުމަތްތައްވެސް މެދުކެނޑިފައި ޖަރުމަނު ސަރުކާރު ބުނާގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އެގައުމުގެ ހުޅަނގުގެ ސްޓޭޓްތައް ކަމަށްވާ ރައިންލެންޑް ޕަލަޓިނެޓް ނޯތް ރިން ވެސްޓްފާލިއާ ގައެވެ. މިސްޓޭޓްތަކުގައި އެތަށް ހާސްބައެއްގެ ގެދޮރުވެސްވަނީ ހަލާކުވެފައެވެ. ޖަރުމަނުގައި ފެންބޮޑުވެފައި މަގުތައް ހަލާކުވެ ބައެއް ބްރިޖްތައްވެސްވަނީ ވެއްޓިފައެވެ. އަދި ކަރަންޓާއި ފެނާއި ފޯނާއި އިންޓަނެޓް ޚިދުމަތްތައްވެސްވަނީ މެދުކެނޑިފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސްބަޔަކު ގެތަކުގައި އެކަހެރިވެފައި ޖަރުމަނުގެ ހުޅަނގާއި އުތުރުގެ ސްޓޭޓްތަކުގައި ބޮޑުވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި ހުރި ހަލާކުވެފައިވާ އެތަށް ސަތޭކަ ގެއެއްގައި އެތަށްހާސް ބަޔަކުވަނީ ފެންބޮޑުވެ މަގުތައް ބަންދުވުމުގެ ސަބަބުން އެގެތަކުގައި އެކަހެރިވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ޖަރުމަނުގެ ގެދޮރު ހަލާކުވެފައި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތިވާތީ ޖަރުމަނުގެ ސިފައިން ގެންދަނީ ފެނުގެ ސަބަބުން އެކަހެރިވެފައިވާ ގެތަކުގައި ދިރިއުޅޭ މީހުން ސަލާމަތްކުރުމަށްޓަކައި އެކަމަށް ޚާއްސަ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ބެލްޖިޔަމްގައިވެސް ފެންބޮޑުވުމުގެ ސަބަބުން 23 މީހުން މަރުވި ޖަރުމަނުގެ އިތުރުން އެގައުމުގެ އަވަށްޓެރި ބެލްޖިޔަމާއި ނެދަލަންޑްސްގައިވެސްވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައެވެ. ބެލްޖިޔަމްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދުވަނީ 23 އަށް އަރާފައެވެ. ފެންބޮޑުވުމުގެ ސަބަބުން ނެދަލޭންޑްސް އިންވެސް ބަޔަކު މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު ނެދާލޭންޑްސްގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޖަރުމަނުގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް އެގައުމަށް ކޮށްފައިނުވާ ވަރަށް މިދިޔަ ހަފްތާގައިވަނީ ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ