އައިޓީއެފްސީގެ މެމްބަރު ޤައުމަކަަށް ރާއްޖެ!

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ރަސްމީ މެންބަރަކަށް ރާއްޖެ ހަމަޖެހި، އެކްޓިން ގަވަރުނަރު ކަން ރާއްޖެ އަށް ލިބިއްޖެ އެވެ.ރާއްޖެއިން އައިޓީއެފްސީގައި ބައިވެރިވާން ހުށަހާޅާފައިވަނީ އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން ރާއްޖެއިން އައިއެސްޑީީބީއަށް ކަނޑައަޅާފައިވާ އެކްޓިންގ ގަވަނަރުގެ ހައިސިއްޔަތުން ޕްލީނެރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްއެވެ.މިބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވަނީ އައިޓީއެފްސީގެ ސީއީއޯ ހާނީ ސާލެމް ސޮންބޮލްއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭއާއި އައިޓީއެފްސީ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމާއި މެދު މަޝްވަރާ ކުރެވުނެވެ. އިއްޔެ ބޭއްވި ގަވަރުނަރުންގެ ވަށް މޭޒު ބައްދަލުވުމުގައި ފައްޔާޒު ވަނީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކްލައިމްޓް އިންވެސްޓުމަންޓުތަކުގެ ޒަރިއްޔާއިން އިޔާދަކުރަނިވި ހަކަތަ އިތުރުކޮށް، ފިސްކަލް ސްޕޭސް އިތުރުކުރަން އެހީތެރިކަން ފޯރުކޮށްދޭން ގޮވާލައްވައިފަ އެވެ.އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި އިޖުތިމާއި ހޭދައަށް "ބްލޫ" ބޮންޑުތަކާއި "ގްރީން" ބޮންޑުތައް ފޯރުކޮށްދީގެން މިހާރަށް ވުރެ ހެޔޮ އަގެއްގައި ދަރަނި ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންނެވި އެވެ.އައިޓީއެފްސީއަކީ އައިއެސްޑީބީގެ މެމްބަރުންގެ މެދުގައި ވިޔަފާރި އާއި އިގުތިސޯދު ކުރިއަރުވަން މަސައްކަތް ކުރާ ކޯޕަރޭޝަނެކެވެ. މި ކޯޕަރޭޝަނާ ގުޅުމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ ދާއިރާއިން އިތުރު ފައިނޭންސިން ހޯދަން މަގުފަހި ވާނެ އެވެ.މެމްބަރު ގައުމަކަށް ނުވާއިރު ވެސް އައިޓީއެފްސީން ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ދާދިފަހުން އެސްޓީއޯއަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ތެލާއި ކާޑު ގަންނަން ފެސިލިޓީއެއް ހަމަޖައްސައިދީފަ އެވެ.އަދި 2019 ވަނަ އަހަރު އެސްއެމްއީތަކާއި ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރަން، 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވާކް އެގްރީމަންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ