ރައްޔިތުން ގަބޫލު ނުކުރާ ކަންކަމާ ދެކޮޅަށް އެއްވެ ޝުއޫރު ފާޅުކުރަންޖެހޭ: އޮބާމާ

ރައްޔިތުން ގަބޫލު ނުކުރާ ކަންކަން ގައުމުގައި ހިނގާނަމަ އެއްވެ ޝުއޫރު ފާޅުކުރަން ޖެހޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
ވެރިކަން ނިންމަވާ ވަޑައިގެންނެވި ތާ ދިހަ ދުވަސް ފަހުން ރައީސް ބަރަކް އޮބާމާ ނެރުއްވި ބަޔާނެއްގައި މިހެން ވިދާޅުވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއަށް މުސްލިމުން އެރުން މަނާކުރުމަށް ގެންގުޅޭ ސިޔާސަތުތަކަށް ފާޑު ވިދާޅު ވަމުންނެވެ.
އޮބާމާ މިބަޔާން ނެރުއްވީ މުސްލިމުން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާއި އޮބާމާ ގެންގުޅުއްވި ސިޔާސަތުތައް ދާއި އެއްގޮތް ކަމަށް ޓްރަމްޕް ވިދާޅު ވުމުންނެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އެރުން މަނާ މުސްލިމް ހަތް ގައުމަކީ އޮބާމާގެ ވެރިކަމުގައި އެންމެ ނުރައްކާތެރި ޓެރަރިޒަމް ހިންގާ ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތައް ކަމުގައެވެ.
އަދި އޮބާމާގެ ވެރިކަމުގައި އިރާގުގެ ރެފިއުޖީން އެމެރިލާއަށް އެތެރެވުން ހުއްޓުވާ ރެފިއުޖީންނަށް ވިސާ ދިނުން މެދުކަނޑާލި ކަމަށްވެސް ޓްރަމްވި ދިވާޅުވިއެވެ.
ޓްރަމްޕްގެ މި ވާހަކަ ތަކަށް ރައްދުދެއްވާ އޮބާމާ ވިދާޅުވީ ދީނާއި ނަސްލަށް ބަލައިގެން ކަންކަން ކުރުމާއި ތަފާތު ކުރުމަކީ އޮބާމާ އެއް އިރެއްގައިވެސް ގެންގުޅުއްވި ސިޔާސަތެއް ނޫންކަމަށާއި ޓްރަމްޕްގެ އެފަދަ ސިޔާސަތަކަށް ތާއީދުވެސް ނުކުރަށްވާ ކަމުގައެވެ.
އަދި މުސްލިމުންނާއި ދެކޮޅު ޓްރަމްޕުގެ ސިޔާސަތުތަކާއި ދެކޮޅަށް އިހްތިޖާޖްކުރުމަށް ގިނަ ބަޔަކު ނިކުތުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި ރައްޔިތުން ގަބޫލު ނުކުރާ ކަންކަން ގައުމުގައި ހިނގާނަމަ އެއްވެ ޝުއޫރު ފާޅުކުރަން ޖެހޭކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ