އިންކަމްޓެކްސް ނަގަން ފަށައިފިނަމަ އިންވެސްޓަރުންގެ ޝައުގިވެރިކަން ހަމަ ވަގުތުން ގެއްލޭނެކަމަށް މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖްލީހުގައި މިއަދުކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ޤައުމުގެ ކަންތައްތައް މިހުރިގޮތުން އިންވެސްޓަރުން ރާއްޖެ އައުން ހުއްޓިއްޖެނަމަ އޭގެ ސަބަބުން ގެއްލުންތަކާއި ކުރިމަތިވާނެ ކަމަށެވެ.
"އިންކަމްޓެކްސް ނަގަން ފާސްކޮށްފިކަމުގައި ވާނަމަ ރާއްޖެއަށް އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އިންވެސްޓް ކުރުމަށް ހުރި ޝައުގުވެރިކަން ހަމަ ވަގުތުން ހުއްޓޭނެ" ގާސިމް ވިދާޅުވިއެވެ.
ބަޖެޓް ބަހުސް ކުރުމަށް މިއަދު ކުރިޔަށްގެންދިޔަ ޖަލްސާގައި ގާސިމް އިތުރަށް ވިދާޅުވީ، ހުށަހަޅާފައިވާ ބަޖެޓަކީ ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަށްވުރެވެސް ހަރަދުބޮޑު ބަޖެޓެއް ކަމަށެވެ. ހަމަ އެހެންމެ ކުރީގެ ސަރުކާރު ތަކުގައި ވެސް އަދި މިހާރުގެ ސަރުކާރުގައި ވެސް ޖުޑިޝަރީ ކުރިއަރުވަން އިތުރު މަސައްކަތްތަކެއް ކުރާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީގެ ދެދުވަސްކުރިން ނެރުނު ރިޕޯޓެއްގައިވެސް އެކަން ފާހަގަކޮށްފައިވާއިރު، ކުރިޔަށްއޮތް ތަނުގައި ޖުޑިޝަރީއަށް ބަޖެޓުން ހަރަދުކޮށް ކުރިއަރުވަން މަސައްކަތްކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
އިންކަމްޓެކްސް ނަގަން ފަށައިފިނަމަ އިންވެސްޓަރުންގެ ޝައުގުވެރިކަން ހަމަ ވަގުތުން ގެއްލޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ