ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ކޯޓަށް ހާޒިރުކުރަން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެވަނަ ފަހަރަށް ހައްޔަރުކުރީ ރޭ މެންދަމު 12:10 ހާއިރު އެވެ. ގާސިމް ހައްޔަރުކުރީ އެމަނިކުފާނުގެ ގެކޮޅު މާފަންނުވިލާގައި ހުންނަވަނިކޮށެވެ. ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރަން ނިންމާފައިވަނީ 4:15 ގައެވެ.
އާދަމް އާޒިމް: ގާސިމަކީ މިރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ގިނަ ހިދުމަތެއް ކޮށްދެއްވި ބޭފުޅާ. ގާސިމް ވަނީ މިގައުމަށް ވަރަށް ގިނަ ހިދުމަތް ކުރައްވާފައި. ރާއްޖޭގައި މިހާރު މިއޮތީ ޑިކްޓޭޓާޝިޕެއް. އެކަމަކު ގާސިމް އިބްރާހީމް ފަދަ ގައުމު ދެކެ ލޯބިވާ ބޭފުޅުން މިފަދަ ކަންކަމަށް ފުރުސަތެއް ނުދޭނެ
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންގެ ވެހިކަލްތައް އެއްވެސް ތަރުތީބެއް ނެތި ހުރިކަން ފާހަގަކުރެވޭ
ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުކުރުމުން ގިނަ ބަޔަކު ވަނީ ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދަށް އެއްވެފައި. ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފައި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ