ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ ރީތި ސިފަތަކާ އެއްގޮތަށް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ސަރުކާރުން ހުޅުވައިލި މަޝްވަރާގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ފަށައިގެން އުޅޭ ކަމަށް ކަރުދާހެއްގައި ސޮއިކޮށްގެން އުޅުނަސް ސަރުކާރުން އެއްވެސް ކަމެއް ގޯސްކޮށް ނުކުރާ ކަމަށެވެ. އެ އެއްބަސްވުން ހަދައިގެން ޕީޕީއެމް ތަމްސީލް ކުރެއްވުމުގެ ހައިސިއްޔަތެއް މައުމޫނަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި "އެނބުރޭ ކަރުދާސްކޮޅެއްގައި" ޕީޕީއެމްގެ ރައީސް ސޮއި ކުރެއްވި ކަމަށް އޮތް އިރު، ކޯޓުގެ ތިން މަރުހަލާ އިން ޕާޓީގެ ރައީސްގެ ބާރުތައް ނަގާފައިވާ ކަމަށެވެ. އެއީ ޑިމޮކްރެޓިކް އުސޫލްތަކާއި ޕީޕީއެމްގެ ޗާޓަރާ ހިލާފުވެވަޑައިގެންފައިވާތީ ކޮށްފައިވާ ހުކުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީ މަޝްވަރާއާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"އެހެން ހުރި ދަނޑިވަޅެއްގައި ހުދުމުހުތާރުކޮށް އަމިއްލަ އަށް ކަންތައްތަކެއް ނިންމައި އަމިއްލަ އަށް ކައުންސިލެއް ހަދައި އެޑްވައިޒަރީ ކޮމެޓީއެއް ހައްދަވައިގެން ކަންކަން ކުރެއްވުމަކީ ޑިމޮކްރަސީގެ ރީތި ސިފައެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.
"އެހެންވީމަ ޕީޕީއެމްގެ ތައްގަނޑު ބޭނުންކުރައްވައި އެއްޗެއްގައި ސޮއި ކުރައްވައި އެއްޗެހިތަކެއް ނެރުއްވިއަސް އެއީ ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތް ކުރަން ގޮވާލާ ފަރާތްތަކަކުން ސައިޑްކުރާ އެއްޗަކަށް ވީމަ އެއީ ސަރުކާރަށް ގަބޫލުކުރަން އުނދަގޫ އެއްޗަކަށް ވޭ."
ޝައިނީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ވޯޓުގެ ކަންކަން ދިޔައީ އުސޫލްތަކުން ބޭރުން ކަމަށް ވާހަކަ ދައްކަމުން ދާ އިރު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އޮތް ގޮތްތައް ވެސް ބަލަން ޖެހެ އެވެ. މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ރޯލް ކޯލް ވޯޓަކަށް ދެވޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ތިން ބާރު އެއްކޮށް، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ސިޔާސީ ލީޑަރުންނަށް ނުހައްގު ދައުވާތައް އުފުލަމުންދާ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އިދިކޮޅު ފަރާތްތަކާ އެކު މައުމޫން ވަނީ އެއްބަސްވުމެއް އެކުލަވާލައި މަސައްކަތްޕުޅު ކުރައްވަމުންނެވެ.
މައުމޫން އަމަލުކުރައްވަނީ ޑިމޮކްރަސީއަކަށް ނޫން: ޝައިނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ