ރައީސް މައުމޫން ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ. ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރެއްވި ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލު ކުރެއްވުގައި ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރެއްވި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް މައުމޫނު ހާމައެއް ނުކުރައްވަ އެވެ. https://twitter.com/maumoonagayoom/status/1237659251486519296 މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ރައީސް މައުމޫނު އިއްޔެ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ. ރައީސް މައުމޫނަކީ މި ސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ އެމްއާރުއެމްގެ ހިއްސާ ސަރުކާރުގައި އޮވެ އެވެ. https://sun.mv/132709 މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއާ ގުޅިގެން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިހާބު ލަސްކުރަންޖެހޭ ހާލަތެއް އަދި ނާންނަ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ