އަމީރު އަހުމަދު ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް

މަދަރުސަތުލް އަމީރު އަހުމަދު ހިންގި އިމާރާތް ހުރި ބިން އެޑިއުކޭޝަން މިނިސްޓްރީއަށް 35 އަހަރަށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.މާލެ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަޢުލީމުދޭ މަރުކަޒެއް ހެދުމަށް ކުރީގެ އަމީރު އަޙުމަދު ސްކޫލް ހިންގި ބިން ދޫކޮށްފައިވަނީ 35 އަހަރުދުވަހުގެ މުއްދަތަށްކަމަށެވެ.އަމީރު އަޙްމަދު ސްކޫލް ހިންގި ބިމަކީ، އަމީރުއަޙުމަދު ޕްރީ-ސްކޫލް އަދި ހެންވޭރު އަވަށު އޮފީހުގެ ގޮތުގައިވެސް ބޭނުންކުރި ބިމެކެވެ. މިހާރު އެ ބިމުގައި ހިންގަނީ އަމިއްލަ ފަރާތެއްކަމަށްވާ އައިލެންޑަރސް އެޑިއުކޭޝަނުން ހިންގާ ޕްރީ-ސްކޫލެކެވެ.ޑރ.މުޢިއްޒު ވިދާޅުވީ ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންކަމަށެވެ. އަދި މިކަމަކީ މީގެކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ސިޓީކައުންސިލްގައި އެދެމުން އައި ކަމެއްކަމަށް މޭޔަރު ޑރ.މުޢިއްޒު ވިދާޅުވިއެވެ."މި ބިމިގައި ތަޢުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކުރުމަށް މި ނިންމީ. ކައުންސިލްގެ އިއްތިފާޤުން ފާސްކުރީ 35 އަހަރަށް ބިން ދޫކުރުމަށް." ޑރ.މުޢިއްޒު ރޭ ވިދާޅުވިއެވެ.މުއިއްޒު ވިދާޅުވީ އެ ނިންމުން ނިންމީ އެއީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން އޮތް އަދި ސަރުކާރުން ވަރަށް ބޮޑަށް އެދިފައިވާ ކަމަކަށްވުމުން ކަމަށެވެ. އަދި މި މައްސަލައަކީ ނުނިމި ކައުންސިލްގައި ދެމިލައިގެން ގޮސްފައި އޮއް މައްސަލައެއް ކަމަށެވެ.ސިޓީ ކައުންސިލްގެ އިއްުޔެ ބައްދަލްވުމުގައި ގިނަ ކަަންތައްތަކެއް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ