ކަރަންޓު ބިލަށް އެއް އަދަދަކުން ފައިސާ ދެއްކޭ ޕްލޭނެއް ތައާރަފުކޮށްފިއެވެ.
މި ޕްލޭން އަކީ ހަމައެކަނި ގޭބިސީތަކަށް ބައިވެރިވެވޭ ގޮތަށް ތައާރަފުކުރި ޕްލޭނެކެވެ. "އީކުއަލް ޕޭމަންޓު ޕްލޭން" ގެ ނަމުގައި ތައާރަފުކުރި މި ޕްލޭން އިން ކޮންމެ މަހަކުވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތް ހެދޭނެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ މިފަދަ ޕްލޭނެއް ކަސްޓަމަރުން ބޭނުންވާކަން އެކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުން ކުރާ ޕްލޭނެއްކަން ވެސް ފާހަގަކުރެއްވިއެވެ.
މި ޕްލޭނުގައި ބައިވެރިވުމުގެ ފުރުސަތު ގޭގެ ވެރިފަރާތާއި ވެރިފަރާތުގެ އިއުތިރާޒެއް ނެތް ނަމަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ސްޓެލްކޯ އިން ހުޅުވާލާފައިވާއިރު އެ ހިދުމަތް ލިބިގެން ދާނީ ކަސްޓަމަރާއި ސްޓެލްކޯއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ.
ފޯމު ހުށަހަޅާއިރު ހުރިހާ މަހެއްގެ ބިލުތަކަށް ފައިސާ ދައްކާފައި ހުންނަން ވާނެއެވެ. މަހުން މަހަށް ދައްކާ ފައިސާ ކަނޑައެޅުމަށް ދެ ގޮތަށް ނިންމާފައިވެއެވެ. އެއް ގޮތަކީ ވޭތުވެދިޔަ އެއް އަހަރު ދުވަހު ކަރަންޓު ބޭނުން ކޮށްފައި އޮތް ގޮތް ބެލުމެވެ. އަލަށް ބޭނުން ކުރާ ކަރަންޓެއް ނަމަ ބަލާނީ އެތަނެއްގެ ކުޑަ ބޮޑު މިނަށެވެ.
މި ޕްލޭނުގައި ބައިވެރިވުމަށްފަހު އެއްބަސްވުން އުވާލުމުގެ އިހްތިޔާރުވެސް ކަސްޓަމަރުންނަށް ލިބިގެންވެއެވެ.
ކަރަންޓު ބިލަށް އެއް އަދަދަކުން ފައިސާ ދެއްކޭ ޕްލޭނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ