ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.މެޓް އޮފީހުން ބުނީ މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރަޔާއެކު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މިވަނީ ހުޅަނގު މޫސުން ފެށިފައި ކަމަށެވެ. އަދި ރާއްޖެ މަތީގައި ބޯ ވިއްސާރަ ވިލާ މިހާރުވެސް  އުފެދެމުން އަންނަ ކަމަށެވެ.މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މި ކޮޅިގަނޑާއެކު ރާއްޖޭގެ ރަށްތައް މަތީގައި ބީ ވޮއްސާރަ ވިލާ އުފެދެމުން އަންނަ ކަަމަށެވެ.ކުރިއަށް އޮތް ތިން ދުވަހުވެސް ޚާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވެ ކަނޑުތައް ވަރަސް ގަދަވާނެކަމަށާއި ޢާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.މީގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށިގެންވާކަމަށްވެސް ބުނެފައިވެއެވެ.މީގެ އިތުރުން، އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ