‘ވެރިން ނަމާދަށް ރައްކާތެރިވުމަށް.’ ހުކުރު ޚުތުބާގައި ޝެއިހް އަލީ ޒާހިރު ގޮވާލައްވައިފި

ލިޔުނީ: އަލީ އަހްސަން‘ވެރިން ނަމާދަށް ރައްކާތެރިވުމަށް.’ ހުކުރު ޚުތުބާގައި ޝެއިހް އަލީ ޒާހިރު ގޮވާލައްވައިފިއެވެ.އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ޚުތުބާގައި ޝެއިހް އަލީ ޒާހިރު އިތުރަށް ވިދާޅުވެފައިވަނީ ‘ވެރިން ނަމާދަށް ރައްކާތެރިވާންޖެހޭ ކަމަށާއި އަދި އާންމުންނަށް ނަމާދުކުރުމަށް ބާރުއަޅަން ޖެހޭކަމާއި އެއީ ވެރިންގެ ޒިންމާއެއް’ކަމަށެވެ. ތަފާތު ގިންތީގެ ވެރިން އެބޭފުޅުންގެ ކަންކަން ރާވާ ހިންގާއިރު ނަމާދު ވަގުތުތައް ފާއިތު ނުވާނޭހެން ޕްރޮގްރާމްތައް ހިންގާ ރޭވުމަށް.’ ވެސް ޝެއިހް ގޮވާލެއްވިއެވެ. ‘ކިތަންމެ ބުރަކޮށް އުޅުނުކަމުގައި ވިޔަސް ނަމާދު އޭގެ ވަގުތުން ފާއިތުކުރުމުގެ ހައްޤެއް އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް’ވެސް ޝެއިހް އަލީ ޒާހިރު ވިދާޅުވިއެވެ.ހުކުރު ޚުތުބާގައި ޝެއިހް އިތުރަށް ވިދާޅުވިގޮތުގައި ‘ވެރިންގެ ކިބައިގައި އަދުލުވެރިކަމުގެ ސިފަ، އަމާނާތްތެރިކަމުގެ ސިފަ ކޮންމެހެން ހުރުންމީ ލާޒިމްކަމެއްކަމުގައާއި ޤިޔާމަތްދުވަހުގައި މީހުން ނިކަމެތިވެގެންދާ ވަގުތުގައި ﷲ ސުބްހާނަހޫ ވަތަޢާލާގެ ދަރުބާރުގައި ނޫރުންވާ މިންބަރުތަކެއްގެ މަތީގައި އަދުލުވެރިކަމާއި އެކު ވެރިކަން ހިންގަވާފައިވާ ބޭފުޅުން ތިއްބަވާނެކަމަށް ހަދީސްތަކުން އެނގެން ހުރި’ކަމަށެވެ. އަދި ‘ވެރިކަމުގެ ބުރަ މަސްޢޫލިއްޔަތު އުފުލުމުގައި އިހުމާލުވުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.19 ފެބްރުއަރީ 2010 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގައި ދެއްވި ހުކުރު ޚުތުބާގައި ‘ޒަކާތް ނެގުމާއި އޭގެ ހައްޤުވެރިންނަށް އެރައްދުކޮށްދިނުމަކީ ވެރިންގެ ޒިންމާއެއްކަމަށާއި މުންކަރާތްތައް މަނާކުރުމާއި ބަނގުރަލާ، ޒިނޭކުރުމާއި ފާހިޝްއަމަލުތައް ހިންގިޔަނުދީ އެކަން ހުއްޓުމަށް ތިބި މީހުންނަކީ ވެރިންކަމުގައާއި އެޒިންމާ އެމީހުންގެ ބޮލުގައި އެޅިފައިވާކަމަށާއި އެކަމާއި ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށް.’ވެސް ޝެއިހް ވިދާޅުވިއެވެ.ރާއްޖޭގެ ކަންކޮޅުގައި ކުރެވުނު ހުކުރު ޚުތުބާގައި ކިޔުމަށް ފޮނުވާފައިވާ ޚުތުބާގެ މައުޟޫއަކީ ‘ރަސޫލާ صلى الله عليه وسل އަށް ލޯބިވުން’ މިއެވެ.އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ޚުތުބާ ބައްލަވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ