ސްޓްލްކޯގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލޭގެ ބޮޑު ބަޔަކުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓް ފޯރުކޮށްދެމުންދިޔަ މައި އެއް ޖަނަރޭޓަރަށް ކުރިމަތިވި މައްސަލައަކާއި ގުޅިގެން ޖަނެރޭޓަރު ހުއްޓި ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމަށް މަސަތްކަތް ކުރަމުން އަންނަ ކަމަށް ވާނުވާ އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ސްޓެލްކޯގެ މައި ޖެނަރޭޓަރަށް ދިމާވި މައްސަލައާކާއި ގުޅިގެން ކަރަންޓް ކެނޑިފައިވަނީ މާފަންނު މަންޗަންގޯޅި އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުންނެވެ.
ސްޓެލްކޯ އިން މިހާރު ވަނީ މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދުތަކަށް ވެސް ކަރަންޓްދީފައެވެ.
މާލޭގެ ބޮޑު ބަޔަކުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ