ޕީޕީއެމުން ވަކިކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ގޮނޑި ހުސްނުވާކަމަށާއި ގޮނޑި ހުސްވިކަމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުން ބާތިލް ކޮށްދިނުން އެދި މެންބަރުކަން ގެއްލުނު ހަތަރު މެމްބަރުން މިއަދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދުގ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ވަައްޑެ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އަދި އޭގެ ފަހުން ނެރުނު އަމުރާ ވެސް ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ އަމީތު ވިދާޅުވީ ރައްޔިތުން ނިކުމެ ވޯޓުލައިގެން އިންތިހާބު ކުރާ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަން އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށެވެ. ސަރުކާރުން ހުށަހެޅި ދުސްތޫރީ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް އެބާރު ސުޕްރީމް ކޯޓަށް ދީފައި ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައިވާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ހަތަރު މެންބަރުންގެ ގޮނޑި ހުސްނުވާކަމަށް ނިންމަން ސުޕްރީމް ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ