މާދަމާ ހަވީރު ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ

ބޮޑު އީދު ދުވަހާ ގުޅިގެން މާދަމާ ހަވީރު ހުޅުމާލޭގައި ވެހިކަލް ދުއްވުން ޓްރާންސްޕޯޓް އޮތޯރިޓީއިން މަނާކޮށްފިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީއިން ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ގަޑިއަކީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އެހެންކަމުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލާންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ. https://twitter.com/TransportMV/status/1160055412562907136 ޓްރާންސްޕޯޓުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކުރި އިރު މާލޭ އަދި ވިލިމާލޭގައިވެސް ވަނީ ވެހިކަލް ދުއްވުން މަނާކޮށްފައެވެ. އެއީ ހަވީރު 4:30 އިން 6:30 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ