މިއަދު މެންދުރުން ފެށިގެން ނައިފަރުން ކަރަންޓު ކެނޑިފައި

ޅ.ނައިފަރުން މިއަދު މެންދުރުން ފެށިގެން ކަރަންޓު ކެނޑި، އަދިވެސް ކަރަންޓުގެ ޚިދުމަތް ލިބިފައި ނުވާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ޅ.ނައިފަރުން "ވަގުތާ" ވާހަކަދެއްކި މީހަކު ބުނީ މިއަދު މެންދުރު ހާ އިރުން ފެށިގެން އެރަށުން ކަރަންޓު ކެނޑުނު ފަހުން އަދިވެސް އެ ޚިދުމަތް ލިބެން ފަށާފައި ނުވާ ކަމަށެވެ.
"މެންދުރު ކަރަންޓު ދިޔައީ. މިރޭވެސް ހިއެއް ނުވޭ ލިބޭނެ ހެނެއް. ކަރަންޓު ދެން ލިބެން ފަށާނެ ކަމަށް ވާހަކަ ދެކެވެނީ ފަހަރުގައި މާދަމާގެ ވަގުތެއްގައި،" އޭނާ ބުންޏެވެ.
ފާއިތުވި އަހަރު ތެރޭގައިވެސް ވަނީ ނައިފަރަށް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ
މިދިޔަ އަހަރު އެރަށުގެ އިންޖީނުގެއަށް މައްސަލައެއް ދިމާވެގެން އެކަމަށް ހައްލެއް ނުވެ، އެކަށީގެންވާ ގޮތުގައި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ނުދެވި ގިނަ ދުވަސްތަކެއް ވިއެވެ. އެފަހަރު،ރަށަށް ކަރަންޓު ފޯރުކޮށްދެވުނީ ކުޑަ ޖަނަރޭޓަރެއް ބޭނުންކޮށްގެން އެކި ވަގުތުތަކުގައި ރަށުގެ އެކި ސަރަހައްދުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ