މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ފުވައްމުލަކު ކައުންސިލްތަކަށް އަންގާ އެންގުންތަކަށް އެކައުންސިލްތަކުން ތަބާނުވެއްޖެނަމަ ކައުންސިލްތަކާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު މިސްކިތްތަކުގައި ހުކުރު ކުރުމުގެ އިންތިޒާމް އެރަށުގެ ހަތް ކައުންސިލަކުން މިހާތަނަށް ހަމަޖައްސާފައި ނުވާތީ މިރޭ "ވަގުތަށް" މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެފަދަ މައުލޫމާތެއް ރަސްމީކޮށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ނަމަވެސް ނުރަސްމީކޮށް އެމައުލޫމާތު ލިބިވަޑައިގެންނެވުމުން މިސްކިތްތަކުގައި ހުކުރު ކުރުވުމަށް ކައުންސިލްތަކަށް އަންގަވާފައި ވާނެ ކަމަށެވެ.
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ "އެގޮތަކަށް އަމަލު ނުކޮށްފިނަމަ، ނުވަތަ ހުކުރު ނުކުރަން ރަސްމީކޮށް ޤަރާރެއް ފާސްކޮށްފިނަމަ އެކައުންސިލަކާއި މެދު އެންމެ ހަރުކަށިފިޔަވަޅު އަޅާނަން" ކަމަށެވެ.
ފުވައްމުލަކުގައި ހުކުރު ކުރުމުގެ އިންތިޒާމް ހަތް ކައުންސިލަކުން މިހާތަނަށް ހަމަޖައްސާފައި ނުވާކަމުގެ މައުލޫމާތު ލިބިފައިވާއިރު އެއްކައުންސިލުން ވަނީ އިންތިޒާމްތައް ހަމަނުޖައްސާނެ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
ފުވައްމުލަކުގެ ހަތް އަވަށެއްގައި ހުކުރު ނަމާދު ކުރާނެ އިންތިޒާމް ކައުންސިލްތަކުން ހަމަނުޖެއްސި ނަމަވެސް އިސްލާމިކް މިނިސްޓްރީ އިން ގެންދަވަނީ އިމާމުންނަށް ގުޅާ މާދަމާ ފުވައްމުލަކުގައި ހުކުރު ނަމާދު ކުރާނެ އިންތިޒާމްތައް ހަމަޖައްސަވަމުންނެވެ.
އިސްލާމިކް މިނިސްޓްރީ އިން އަންގާ އެންގުންތަކަށް ކައުންސިލްތަކުން ތަބާނުވެއްޖެނަމަ ފިޔަވަޅުއަޅާނަން – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ