ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ ތަކެތި ނުދީގެން އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް އިއްޔެ ހުކުމްކޮށްފިއެވެ.
ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކަށް ބަލާއިރު ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ބުނެ އެވެ.
އިސްތިއުނާފުގައި ޖާބިރުގެ ފަރާތުން ޖުމުލަ 8 ނުކުތާއެއް ވަނީ ހުށަހަޅާފައެވެ.
ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުން ޖާބިރުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ނޮވެމްބަރު 16، 2012 ގައި ހދ. ހޮނޑައިދޫގައި ޖާބިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން، ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން، ކަނޑައެޅިގެން ޖާބިރު އިންކާރުކޮށްފައިވާކަން، ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ޖާބިރު ޖަލަށްލުމަށް ހުކުމްކުރި ފަހުން ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު އޭނާ ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ބޭސް ފަރުވާ އަށް ކަމަށް ބުނެ މެލޭޝިއާއަށް ގޮސްފައެވެ.
މީގެ އިތުރުން ޖާބިރުގެ މައްއަޗައް ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. ނަމަވެސް އެ ދައުވާ ޖާބިރުގެ މައްޗަށް ސާބިތު ކުރެވިފައެއް ނުވެއެވެ.
ޖާބިރުގެ މައްޗަށް އިއްވި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ