ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިއަދު ނެރުނު ބަޔާނެއްގައި ޖޭއެސްސީއިން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި ފާއިޒު ހުންނެވިއިރު، އެ ކޯޓުގެ އިހުތިސާސުން ބޭރުން ނިންމި ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެ ކޮމިޝަނުން އެކުލަވާލި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެހެން ކަމުން އެ މަޤާމަށް ފާއިޒު އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ނިންމާފައިވާކަމަށެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖްލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް މަޖްލީހުންނެވެ. ފާއިޒު ފަނޑިޔާރު ކަމުގެ މަޤާމުން ވަކިކުރެވުނީ 2014 ވަނަ އަހަރުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.ސުޕްރީމް ކޯޓުގައި އަދި އިތުރު ދެ މަގާމެއް ހުސްކޮށް އެބައޮތެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަން ނުކުރަން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ