ގާޒީ އަލީ ރަޝީދު ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަނީ ޤާނޫނާ ހިލާފަށް - އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލައުންޑަރިންގ ދައުވާ އާއި ގުޅިގެން، މީގެ ކުރިން މައްސަލަ ބައްލަވަމުން ގެންދިޔަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސުލޫކީ މައްސަލަ އަކާއި ގުޅިގެން ސަސްޕެންޑް ކުރުމާއި ގުޅިގެން އެމައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަވާލުވެވަޑައިގަތް ޣާޒީ އަލީ ރަޝީދު ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނާއި ހިލާފަށް ކަމަށް އިދިކޮޅުން ބުނެފިއެވެ.
މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ގާޒީ އަލީ ރަޝީދުގެ މައްޗަށް ސުލޫކީ މައްސަލައެއް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން، ސުޕްރީމް ކޯޓަށާއި ކްރިމިނަލް ކޯޓު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ކަމަށެވެ. އެމައްސަލަ ހުށަހަޅައިފައި ވަނީ ގާޒީ އަލީ ރަޝީދު ހުންނަވަނީ ވަކި ކޮޅަކަށް ބުރަވެ ވަޑައިގެންކަން ފާހަގަ ކުރެވުމާއި ގުޅިގެންގެން ކަމަށާއި، އެފަދަ ސުލޫކީ މައްސަލަ އެއް ހުށަހަޅާފައި ވަނިކޮށް ޝަރީއަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
"އެމައްސަލަ ބަލައިދިނުމަށް އެދި އަޅުގަނޑުމެން ވާނީ، ކްރިމިނަލް ކޯޓުގައިވެސް އެދިފައި، ސުޕްރީމް ކޯޓުގައިވެސް އަދި ޖޭއެސްސީ ގައިވެސް އެދިފައި. އެންމެ ފަހުން ރައީސް ޔާމީންގެ ޝަރީއަތް އޮތް ދުވަހު ހުދު އެމަނިކުފާނުވެސް އެދިވަޑައިގަތް މައްސަލަ ބެލުމަށް. އެކަމަކުވެސް އަދިވެސް އެކަން ވެފައެއް ނުވޭ" އަދުރޭ ވިދާޅުވިއެވެ.
އެހެން ނަމަވެސް އެވަގުތުން ފެށިގެން ޝަރީއަތް މެދުކަނޑައިލުމަށް ފަހު ބައްދަލު ކުރައްވައި އެފަރާތްތަކުން ނިންމީ ތަނާޒުލް ވާން ޖެހޭ އެއްވެސް މައްސަަލައެއް ނެތް ކަމަށް ކަމަށާއި، އެދުވަހުގެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެމައްސަލަ ގަބޫލު ކުރެވެން ނެތީ ގާޒީ އަލީ ރަޝީދުގެ މައްސަލަ އެއް އޭނާ އިންނަވައިގެން އެހެން ފަރާތެއްގެ ހިޔާލަކަށް ބެލުމެއް ނެތި އަމިއްލަފުޅަށް ނިންމެވުމުން ކަމަށެވެ.
"މިސާލަކަށް ކިހިނެއްތޯ އަޅުގަނޑުގެ މައްޗަށް ހުރަސްއަޅާ މައްސަލައެއްް އަޅުގަނޑާއި ދެން މިތާ މިތިބަ ފަސް ބޭފުޅުން ތިބެގެން އަދި އަޅުގަނޑު ރިޔާސަތުގައި އިންނަވައިގެން ނިންމަނީ. އެމައްސަލަ އެއް އަޅުގަނޑެއް ނުނިންމާނެ ނޫންތޯ ސުލްހަވެރިކޮށެއް. އެއީ އެދުވަހު އެކަން ހިނގާ ދިޔަ ގޮތް" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އެމައްސަލަ ހުށަހެޅުމާއި ގުޅިގެން އެފަސްބޭފުޅުން އެތެރެއަށް ވަޑައިގެން ބައްދަލުވުމެއް ބާއްވައި، ގާޒީ އަލީ ރަޝީދު އަމިއްލަ ފުޅަށް މައްސަލަ ނިންމައިފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެއީ އިންސާފެވެރި ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ