ކޮވިޑް-19 އާ ގުޅިގެން ޔޫރަޕަށް ގަންނަ މަހުގެ އަދަދު 30 ޕަސެންޓް ދަށަށއް

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން، ޔޫރަޕަށް ގަންނަ މަހުގެ އަދަދު ބޮޑު ތަން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނެފި އެވެ.
ޔޫރަޕަށް މަސް ބޭރު ކުރާ ގިނަ ކުންފުނި ތަކެއް ހިމެނޭ، އެމްއެސްޕީއީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ މާކެޓްތަކަށް ރާއްޖޭން އެކްސްޕޯޓު ކުރާ ތާޒާ ކަންނެލި މަސް، ގަންނަ އަދަދު 30 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖޭން ކަންނެލި އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރެއިން އިޓަލީ އާއި ޖަރުމަނުގައި ކޮވިޑް-19 ފެތުރެމުންދެ އެވެ. އެ ގައުމުތަކުގެ ރެސްޓޯރަންޓްތަކާއި ފުޑް ކޯޓުތައް ބަންދު ކުރަމުން ވެސް ވަނޖީ ފަށާފަ އެވެ.
އަދި ބުނީ ޔޫރަޕްގެ މާކެޓަށް ތާޒާ ކަންނެލި ގަންނަ ނިސްބަތް އިތުރަށް ދަށަށް ހިނގައިދާނެ ކަމަށް ވެސް ޔޫރަޕުން މަސް ގަންނަ ފަރާތް ތަކުން، ރާއްޖޭގެ މަސް އެކްސްޕޯޓު ކުރާ ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯ ޓުކުރާ ކުންފުނި ތަކުން އެކަން ފިޝަރީސް މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ