މިއަދު ވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ

މިއަދު ވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) އާއި ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
ހއ.އަތޮޅާއި އދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މެންދުރު 12:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައި ވާއިރު ބ.އަތޮޅާއި އއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް 11:00 އާއި ހަމައަށް ވަނީ ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ