އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު އާދަމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މިހާރު ސަރުކާރަށް ތާއީދުކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ޝަރީފު އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމުން ޝަރީފު އިސްތިއުފާ މި ދެއްވީ، 10 ވަރަކަށް މަސް ދުވަސް ވަންދެން އެ މަގާމުގައި ހުންނެވުމަށް ފަހު އެވެ.
އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ޝަރީފު އިސްތިއުފާ ދެއްވީ، ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލެއްވުމަށްޓަކަ އެވެ.
ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 14 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ