އަންނަ މޭމަހުގެ ކުރިން ގދ. ތިނަދޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ގދ. ތިނަދޫގެ ކަރަންޓުގެ މައްސަލައަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ ރަށުގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން އަބަދުވެސް ފާޅުކުރެއެވެ. ތިނަދޫ ކަރަންޓުގެ މައްސަލަ އެންމެ ފަހުން ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ތިނަދޫން ކަރަންޓު ކެނޑުމަށްފަހު އަލުން އަނބުރާ ކަރަންޓު ދިނުމަށް ދެ ދުވަސް ހޭދަވުމުންނެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ތިނަދޫ ކަރަންޓުގެ ހާލަތަކީ ހައްލު ކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށާއި ނަމަވެސް އެރަށުގެ ކަރަންޓުގެ ހާލަތަށް ވަގުތީ ގޮތުން ހައްލެއް މިހާރު ގެނެސްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ތިނަދޫގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ނާޒުކު ކޮށް ކަމަށެވެ. އެގޮތުން އެ ރަށުގެ ކަރަންޓުގެ މައްސަލައަށް މި އަންނަ މޭމަހުގެ ކުރިން ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ތިނަދޫގެ ޕަވަހައުސްއަށް ގެންނަން ޖެހޭ އެންމެ ޒަމާނީ ބަދަލުތައް ގެނެވޭނެ. އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ތިނަދޫގެ އިތުރުން އައްޑު އަތޮޅުގެ ކަރަންޓުގެ ހާލަތުވެސް ނާޒުކު ކަމަށާއި މި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.
ތިނަދޫ ކަރަންޓުގެ މައްސަލައަށް މެއި މަހުގެ ކުރިން ދާއިމީ ހައްލެއް ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ