މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހޯދުމަށް އެމީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ. 
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުޤީގަށް ފުލުހުން ހޯދަމުން އަންނަ ތިން މީހުންނަކީވެސް ފުވައްމުލަކު ރައްޔިތުންނެވެ. މި ތިން މީހުންނަކީ  ޏ. ފުވައްމުލައް ފުނާޑު، ފޮއްގަސްގޭ އުމުރުން 20 އަހަރުގެ މުޙައްމަދު އައުފް ރަޝީދާއި ހަމަ އެރަށު ފުނާޑު، ޢަޒްމް އުމުރުން 24 އަހަރުގެ ނަޛީޙު އިބްރާހީމާއި ފުނާޑު، ފްލޯރާސް އުމުރުން ޢަބްދުﷲ ރިފުޢާން މުޙައްމަދުއެވެ. 
ފުލުހުން ވިދާޅުވީ މި ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މި މީހުން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށެވެ. އަދި މި ތިން މީހުންގެ  އާއިލާއަށްވެސް އެ މީހުން އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 
މި ތިން މީހުން އަންނަ މަހުގެ 5 ވަނަދުވަހު 14:00 ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ތަހުގީގަށް ހާޒިރުވުމަށްވެސް ފުލުހުން ވަނީ އަންގަވާފައެވެ. އަދި މި މީހުންގެ ވަނަވަރު އާއްމުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
    
    މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދި ތުހުމަތުގައި ބަޔަކު ހޯދަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            