ތައުލީމީ ދާއިރާއަށް ހާއްސަކޮށް ގައުމީ ޔުނިވަސިޓީގެ ސެންޓަރު ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އިން މި އަހަރު ކުރިއަށް ގެންދާ 'އެޑިއުޓެކް ސިމްޕޯޒިއަމް 2025' އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ އާއި މިއަދު އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ކުރިއަށްދާ މި ސިމްޕޯޒިއަމްގެ މައިގަނޑު ތީމަކީ 'ލެވަރޭޖިން އެޑިއުކޭޝަން ތުރޫ ދަ އެޑްވާންސްމެންޓް އޮފް ޓެކްނޮލޮޖީ' އެވެ.
މި ސިމްޕޯޒިއަމްގެ މަގްސަދަކީ، އެމްއެންޔޫން ބުނި ގޮތުގައި، ޓެކްނޮލޮޖީގެ އެހީގައި އުނގެނުމާއި އުނގަންނައިދިނުމުގެ އެކި ހަރަކާތްތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ދެނެގަނެ، އެކަންކަމާ މެދު މަޝްވަރާކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް އީޖާދީ ވިސްނުންތައް ހިއްސާކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.
ތަފްސީލް - އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި މުދައްރިސުން ހިމެނޭ ގޮތަށް:
ޖުމްލަ 85އަށް ވުރެ ގިނަ ފަރާތުން މި ސިމްޕޯޒިއަމްގައި ބައިވެރިވޭ
މީގެ އިތުރުން، ރާއްޖޭގެ 6 ރަށެއްގެ ސްކޫލުތަކުން އެ ސްކޫލުތަކުގެ ދަރިވަރުންގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުނަރާއި އުފެއްދުންތެރިކަން ދައްކުވައިދޭ 7 ޕްރޮޖެކްޓެއް ވެސް މި ސިމްޕޯޒިއަމް ތެރޭގައި ދައްކާލާ
މި ސިމްޕޯޒިއަމްގައި ހިނގާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި:
ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ކީނޯޓް ތަގުރީރުތައް
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުމުގެ ފެންވަރު މަތިކުރެވިދާނެ އުކުޅުތައް ދައްކާލުން
އުނގެނުމާއި އުނގަންނައިދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޮޓިކްސް ބޭނުންކުރުން ފަދަ ކަންކަމާ ބެހޭ ވޯކްޝޮޕް
ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައް
ރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހުގެ ބައިވެރިވުން ހިމެނޭހެން ބާއްވާ މި ސިމްޕޯޒިއަމްގައި ބައިވެރިން ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ދެ ކެޓަގަރީއަކުން އެންމެ ރަނގަޅު ތިން ހުށައެޅުމެއް ހޮވައި 'އެޑިއުޓެކް އެކްސަލަންސް އެވޯޑް' ދޭނެ ކަމަށް އެމްއެންޔޫން ބުންޏެވެ. މި އެވޯޑު ދޭނީ، އެ ޔުނިވަސިޓީން ބުނި ގޮތުގައި، އަމިއްލަ ގޮތުންނާއި ތައުލީމު ފޯރުކޮށްދޭ މަރުކަޒު ތަމްސީލުކުރާ ގޮތަށް ހުށައަޅާ ހުށައެޅުންތަކަށް ވަކިވަކިންނެވެ.
އެމްއެންޔޫން އެޑިއުޓެކް ސިމްޕޯޒިއަމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ