ރިސޯޓް ލީގު: ދެ ވަނަ ބުރުގެ ފަހު ޖާގަތައް ކޮކޯ ބޮޑު ހިިތި އާއި އޮބްލު އެކްސްޕީރިއަންސަށް ރިސޯޓް ލީގު: ދެ ވަނަ ބުރުގެ ފަހު ޖާގަތައް ކޮކޯ ބޮޑު ހިިތި އާއި އޮބްލު އެކްސްޕީރިއަންސަށް

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ފަހު ޕްލޭއޮފް މެޗުތަކުން މޮޅުވެ، ދެ ވަނަ ބުރުގެ ފަހު ޖާގަތައް ކޮކޯ ބޮޑު ހިތި އާއި އޮބްލު އެކްސްޕީރިއަންސް އިން ހޯދައިފި އެވެ.
ދެ ވަނަ ބުރުގައި ވާދަކުރަނީ، ގަދަ 12 ޓީމެވެ. ޖުމްލަ ހަ ގްރޫޕަކަށް ބަހާލައިގެން ނޯތު މާލެ ޒޯން ކުޅޭއިރު، ފުރަތަމަ ފަސް ގްރޫޕުގައި ތިން ޓީމު އޮތްއިރު، އެއް ވަނަ ޓީމަށް ސީދާ ދެ ވަނަ ބުރުން ޖާގަ ލިބެ އެވެ. ހަ ވަނަ ގްރޫޕްގައި ހަތަރު ޓީމު އޮތްއިރު، އެތަނުން ގަދަ ދެ ޓީމަށް އަނެއް ބުރުން ޖާގަ ވަނީ ލިބިފަ އެވެ.
ތިން ޓީމު ކުޅޭ ކޮންމެ ގްރޫޕެއްގެ ދެ ވަނަ އާއި ތިން ވަނަ ޕްލޭއޮފެއް ކުޅެ، ދެ ވަނަ ބުރުގެ ޖާގަ ކަނޑައަޅާނެ އެވެ. އެ ޕްލޭއޮފްތަކުގެ ތެރެއިން ފަހު ދެ މެޗު އިއްޔެ ކުޅުނުއިރު، ގްރޫޕް ޑީގެ ޕްލޭއޮފްގައި ސެންޓާރާ ގްރޭންޑް އަތުން ޕެނަލްޓީ ޖަހައިގެން، 5-2 އިން މޮޅުވީ ކޮކޯ ބޮޑު ހިތި އެވެ. ގްރޫޕް އީގެ ޕްލޭއޮފްގައި، އޮބްލު އެކްސްޕީރިއަންސް އިން ވަނީ 2-1 އިން ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ ބަލިކޮށްފަ އެވެ.
ސެންޓާރާގެ ގޯލުތައް ޖެހީ، މުހައްމަދު އިޔާން އިސްމާއިލް، ހުސެއިން ޝާރިހު އެވެ. ކޮކޯ ބޮޑު ހިތީގެ ގޯލުތައް ޖެހީ ސަމާން އަލީ އާއި ޒާކިރު ހުސެއިން އެވެ. ޕެނަލްޓީގައި، ސެންޓާރާ ގްރޭންޑްގެ ތިން ޕެނަލްޓީ ނާކާމިޔާބުވިއިރު، ބޮޑު ހިތިން ވަނީ ތިން ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ.
އޮބްލު އެކްސްޕީރިއަންސްގެ ދެ ގޯލު ވެސް ހުސެއިން ޝަޒީމް ޖެހިއިރު، މެޗުގައި، ކުޑަހުރާ އިން ޖެހި ގޯލަކީ، ޝަޒީމް އަތުން ބައިކޮލަށް ވަން ގޯލެކެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުތައް މިއަދު ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ