ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ. މައްސަލާގައި ނާޒިލް ވިދާޅުވެފައިވަނީ ރާއްޖޭގައި ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދުނީ މި ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން ކަމަށެވެ.
އަދި، މި މައްސަލައިން ފެންމަތިވީ ވިޔަފާރި ބަނދަރުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓިފައި ނެތްކަން ކަމަށާއި މިއީ ކަސްޓަމްސް އާއި އެމްޕީއެލް އަދި ސަލާމަތީ ހިދުމަތްތަކުގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް ވެސް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމާމެދު ނެގި ވޯޓުގައި މައްސަލައާއި އެއްކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. ވޯޓުގައި ބައިވެރިވި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ 34 މެންބަރުންގެ ވޯޓާއެކު މައްސަލަ ބޭރުކޮށްލީ އެވެ.
ދެ ކޮންޓެއިނަރުގައި ހުރި ނެގި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ވަނީ ހައްޔަރުކޮށް، 12 މީހެއްގެ ފުރުން މަނާކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފު އާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމުގައިވާ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ.
މީގެ އިތުރުން، އެމްޕީއެލް އިން ވަނީ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފަ އެވެ.
އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން އޮކްޓޯބަރު 8، ގައި ފާހަގަވި ވަގުތުން ފެށިގެން އެ މައްސަލަ ބަލައި، އޮކްޓޯބަރު 12، ގައި ފަސް މުވައްޒަފުން ސަސްޕެންޑުކޮށް، އަދި މިއަދު އެއް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަން ޕީއެންސީން ބޭނުމެއް ނުވި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަން ޕީއެންސީން ބޭނުމެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ